މިދިޔަ ބުދަ ދުވަހުގެ ރޭ ބަންޑުން ޖަހައި ކަނޑުމަތީގައި ހިނގި ކޮޅުވެއްޓީގެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މަރުވެފައި އޮއްވާ އިއްޔެ ފެނިފައިވާއިރު، އަދިވެސް ލަންކާގެ މީހަކު ހޯދަމުން އަންނަކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފި އެވެ.
މާލެއިން އެރިޔަދޫ ރިސޯޓަށް މުދާ ހިފައިގެން ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ކޮޅުވެއްޓީގައި ހަތް މީހުން ތިއްބެވެ. މަރުވެފައި ފެނުނު ދެ މީހުންގެ ތެރޭގައި ގއ. ދާންދޫ، އަހުމަދު ޝިފާން (38) ވެސް ހިމެނެ އެވެ. ގެއްލުނު ލަންކާ މީހާ ހޯދުމުގެ މަސައްކަތުގައި ދަނީ ޑްރޯންވެސް ބޭނުންކުރަމުންނެވެ.
ކޮމެންޓު ފޮނުވާ