މި މަހުގެ 25 ވަނަ ދުވަހު އައްޑޫސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ނަގާ އާންމު ވޯޓަށް ތައްޔާރުވަމުން އަންނަ އިރު، އިލެކްޝަން ކޮމިޝަނުން ރީ-ރަޖިސްޓްރީކުރުމުގެ ފުރުސަތު މާދަމާ އިރުއޮއްސި 6:00 ގެ ނިޔަލަށް އިތުރުކޮށްދީފިއެވެ.
އީސީން މިއަދު ކުރި އިއުލާނުގައި ބުނީ މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. މިކަން ކުރެވޭނީ އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައި ޕޯޓަލް މެދުވެރިކޮށެވެ.
ރަޖިސްޓަރީވުމަށް ހުށަހަޅާއިރު، ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހެއެވެ. މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިހާރު ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު 1414 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ އީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ