ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުޠުބާ

ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުޠުބާ

ގުޅުންހުރި

ނަމާދަކީ ދީނުގެ ތަނބުކަމަށާއި ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ނަމާދަށް ފަރުވާތެރިވުން" މި މައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ނަމާދަކީ މުސްލިމުންނާއި ކާފިރުންނާ ދެމެދުގައިވާ ތަފާތު ކަމަށާއި އެއީ އެ ދެމެދު ވަކިކުރާ އިން ކަމުގައެވެ.

ނަބިއްޔާގެ ސަހާބީން ނަމާދު ދޫކޮށްލުން ފިޔަވާ އެހެން އަޅުކަމެއް ދޫކޮށްލައިގެން މީހަކު ކާފިރުވާނޭ ކަމަށް ވިދާޅެއް ނުވެއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ ނަމާދު ފަރުޟުކުރެއްވުމަށް އިރާދަކުރެއްވި ހިނދު، އެ ނަމާދު ފަރުޟުކުރެވުނީ އެންމެ މަތިވެރި ޝަރަފްވެރި މަޤާމް އެންމެ މަތިވެރި ސާހިބާ ގެންދެވުމަށްފަހުގައި ކަމުގައެވެ. އަދި އެއީ މަލާއިކަތުންނަށްވެސް ކުއްތަން ނުވެވޭ ހިސާބެއްކަން ފާހަގަ ކުރައްވަމުން ޚުޠުބާގައި ވިދާޅުވީ އެއީ ހަތް އުޑުގެވެސް މަތި ކަމަށާއި، އަރުޝިކޮޅާ އަރިސްކުރެއްވުމަށްފަހު އެއްވެސް މެދުވެރިޔަކު ނެތި، އެކަލޭގެފާނަށް ސީދާ ބަސް ވަޙީކުރައްވާފައިވާކަމަށް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ނަމާދަކީ އެންމެ ފުރަތަމަ ފަރުޟުކުރެވުނު އަޅުކަމަށް ވެފައި، އެއީ ނަބިއްޔާ އުންމަތަށް ކުރެއްވި އެންމެ ފަހު ވަޞިއްޔަތްޕުޅު ވެސްމެއެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް އާލާސްކަންފުޅުގައި އޮންނެވި އިރު ހޭފުޅުނެތިފައި ހޭފުޅުއަރާ ކޮންމެ ފަހަރަކު ހަދީސްކުރައްވަނީ މީސްތަކުން ނަމާދު ކޮށްފިންހެއްޔެވެ؟ ތިމަންކަލޭގެފާނުގެ ހަށިކޮޅަށް ފެންއަޅާށެވެ! ކޮންމެ ފަހަރަކު ފެން އަޅުއްވައިގެން އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް ދާންމަތިކޮޅުގައި އޮންނަވާ އުންމަތަށް އެންމެ ފުރަތަމަ ކުރެއްވި ވަޞިއްޔަތަކީ "ތިޔަބައި މީހުން ނަމާދަށް ރައްކާތެރި ވާށެވެ! އަދި ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާމެދު ﷲއަށް ބިރުވެތި ވާށެވެ!"

ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ