ކޮޅުވެއްޓި ލޭންޑިން ކްރާފްޓުން މަރުވެފާ އޮއްވާ ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެ

ކޮޅުވެއްޓި ލޭންޑިން ކްރާފްޓުން މަރުވެފާ އޮއްވާ ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެ

Author
ޙަސަން މުޙައްމަދު
16 އޮކްޓޯބަރ 2025 04:18
0

އާއިލާފުށި ރިސޯޓާ ދިމާލުން ރޭގައި ބަންޑުން ޖަހާލި "އަލްމާކް-ފިޔަ" ލޭންޑިން ކްރާފްޓުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު މިއަދު ކަނޑުގެ އަޑިން ފެނިއްޖެ އެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އެ ހަށިގަނޑު ނެގީ ކަނޑު އަޑިން ކަމަށް އެމްއެންޑީއެފް އިން މިއަދު ބުންޏެވެ.

މިއަދު ހެނދުނު ފެނުނު ފުރަތަމަ މީހާއަކީ ގއ. ދާންދޫ، ސަރުސޫނުގެ އަހުމަދު ޝިފާން، 38 އެވެ. އަދި މިއަދު ފެނުނު ދެވަނަ މީހާއާއި ގެއްލިގެން ހޯދަމުންދާ ތިންވަނަ މީހާ ދެ މީހުންނަކީ ބިދޭސީން ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

ހާދިސާ ހިނގީ ރޭ މެންދަމު 3:48 ހާއިރު އާއިލާފުށި ރިސޯޓާ އެއް މޭލު ބޭރުގައި ކަމަށާއި، ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ތިބީ އުޅަނދުގައި އޮތް އެކްސްކެވޭޓަރެއްގެ ތެރޭގައި ކަމަށް މެރިން ޕޮލިހުން ބުނެފައިވެ އެވެ. ހާދިސާ ހިނގާފައިވާ ސަރަހައްދުގައި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.