މާލެއިން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލައި ނުރައްކާތެރި ހާދިސާއެއް ހިނގައި، އެކަކު މަރުވެ ދެ މީހަކު އަދިވެސް ގެއްލިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކުރައްވައިފިއެވެ.
އެ ކޮޅުވެއްޓީގައި ދަތުރުކުރި ހަތް މީހުންގެ ތެރެއިން ހަތަރު މީހުން ސަލާމަތްކޮށް، ބާކީ ތިން މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށިއިރު، އޭގެ ތެރެއިން އެކަކު ހެނދުނު ކަނޑުއަޑިން ފެނުނު ނަމަވެސް، އޭނާ އޮތީ މަރުވެފައެވެ. އަދިވެސް ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން ކުރަމުންދާއިރު، ބަންޑުން ޖަހާލި ކޮޅުވެއްޓި ވަނީ އަޑިއަށް ގޮސްފައެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ޑައިވަރުންވެސް ހަރަކާތްތެރިވަމުން ދެއެވެ.
ކޮމެންޓު ފޮނުވާ