އައްޑޫ ސިޓީ ކައުންސިލަށް ބަދަލު ގެންނަ ވޯޓު ނެގުމަށް ހުށަހަޅުއްވައިފައިވާ ސުވާލުތައް ރައީސްގެ ޤަރާރަކުން އިޞްލާޙު ކޮށްފި

އައްޑޫ ސިޓީ ކައުންސިލަށް ބަދަލު ގެންނަ ވޯޓު ނެގުމަށް ހުށަހަޅުއްވައިފައިވާ ސުވާލުތައް ރައީސްގެ ޤަރާރަކުން އިޞްލާޙު ކޮށްފި

Author
އަހުމަދު
12 އޮކްޓޯބަރ 2025 07:22
0

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) ގެ ރެކްޓަރ ޕްރޮފެސަރ އެމިރާތްސް ދަތޫކް ޑޮކްޓަރ އޮސްމާން ބަރަކް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، މިއަދު ހެނދުނުއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޕްރޮފެސަރ އެމިރާތްސް ދަތޫކް ޑޮކްޓަރ އޮސްމާން ބަރަކް ވަނީ މަތީ ތަޢުލީމްގެ ދާއިރާއިން، ޚާއްޞަކޮށް ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވާފައެވެ. އަދި، އައިއައިޔޫއެމުން ދިވެހިދަރިވަރުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެޤައުމުގެ މެދުގައި ތަޢުލީމީ ދާއިރާއިން އިތުރަށް ގުޅުންބަދަހި ކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެފަރާތުން ވަނީ އުންމީދު އައު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.