އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

Author
ހުސައިން
11 އޮކްޓޯބަރ 2025 08:45
0

ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށާއި، އެކުދިންގެ އަޑު އަހައި އިހުތިރާމްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރާ މި ދުވަހުގެ މުނާސަބަތުގައި، މެޑަމް ސާޖިދާ އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި މެސެޖެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިން ދައްކުވައިދެމުންދާ ހިއްވަރާއި ތޫނުފިލިކަމާއި އޯގާތެރިކަން ފާހަގަކުރެއްވިއެވެ. އަންހެން ކުދިންނަކީ މުޖުތަމައުތަކުގައި އީޖާދީ ވިސްނުމާއެކު އިސްނަގައިގެން ހަރަކާތްތެރިވާ، މުސީބާތުގެ ވަގުތުތަކުގައިވެސް ގަދައަޅައި މަސައްކަތްކޮށް، ވިލުންތެރިކަން ދައްކުވައިދޭ ބައެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

އަންހެން ކުދިންނަށް ތައުލީމު ހާސިލުކޮށްގެން މާނަހުރި ގޮތެއްގައި މުޖުތަމައަށް ޚިދުމަތްކުރެވޭނެ މާހައުލުތަކެއް ބިނާކުރުމަށް އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމަށް ފަސްޓް ލޭޑީ ސަމާލުކަން ދެއްވިއެވެ. އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެކުދިންގެ ބާރުވެރިކަމަށް މަސައްކަތްކުރުމަށް އދ އިން ކަނޑައަޅާފައިވާ މި ދުވަހު، ކޮންމެ އަހަރެއްގެ އޮކްޓޯބަރު 11 ގައި ދުނިޔޭގައި ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.