އެކައުންޓިންގ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ: މާލީ ވަޒީރު

އެކައުންޓިންގ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ: މާލީ ވަޒީރު

Author
އަހުމަދު
11 އޮކްޓޯބަރ 2025 01:39
0

އެކައުންޓިންގ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް ތައްޔާރަށް ތިބޭނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

"މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025″ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނަމުންދާއިރު، އިތުބާރުގެ މުހިންމުކަން ހަމަ އެގޮތަށް ދެމިއޮތްކަމަށެވެ. އިތުބާރުހުރި މާލީ މަޢުލޫމާތުގެ ސަބަބުން ބޭންކުތަކަށް ޒިންމާދާރުކަމާއެކު ލޯނު ދޫކުރެވޭނެކަމަށާއި، އިންވެސްޓަރުންނަށް ރަނގަޅު ނިންމުންތައް ނިންމޭނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެއިންސްޓިޓިއުޓަކީ ހަމައެކަނި ރެގިއުލޭޓަރެއް ނޫންކަމަށާއި، ރާއްޖޭގެ މާލީ ދާއިރާގެ އިތުބާރާއި ތެދުވެރިކަން ރައްކާތެރިކޮށްދޭ މުހިންމު ފަރާތެއްކަމަށެވެ. އޮޑިޓްގެ ފެންވަރާއި އަޚްލާޤީ މިންގަނޑުތައް މަތިކުރުމަށް އެ އިންސްޓިޓިއުޓުން ކުރަމުންދާ މަސައްކަތުން ރާއްޖޭގެ މާލީ ނިޒާމު ވަރުގަދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެކައުންޓިންގ އަދި ރިޕޯޓިންގ މިންގަނޑުތައް ހަރުދަނާކުރުމަކީ ހަމައެކަނި އެއް މުއައްސަސާއަކުން ކުރެވޭނެކަމެއް ނޫންކަމަށާއި، މި ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ އެއްބާރުލުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިފޯރަމަކީ ރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ މެދުގައި ޢިލްމު ހިއްސާކުރުމާއި، ފަންނީ ތަޖުރިބާ އިތުރުކުރުމަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފޯރަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.