ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖެއްސި ބޮލީވުޑް ތަރި ކެޓްރީނާ ކެއިފް، ހަތަރު މަސް ފަހުން ރާއްޖެ އިޝްތިހާރު ކުރާ ފުރަތަމަ ވީޑިއޯއިން ފެނިއްޖެ އެވެ.
މިދިޔަ ޖޫން މަހު 'ސަނީ ސައިޑް އޮފް ލައިފް’ގެ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖެއްސި ކެޓްރީނާ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ތައުރީފު ކުރަމުން ވަނީ 'ސުވަރުގެއެއް ފަދަ ރާއްޖެ' ތަޖުރިބާކޮށްލުމަށް ދުނިޔޭގެ ފަތުރުވެރިންނަށް ދައުވަތު ދީފަ އެވެ.
ބޮލީވުޑްގެ ބްލޮކްބަސްޓާ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އަދި އިންޑިއާގެ 'ނައިކާ’އާ ގުޅިގެން އަމިއްލަ މޭކްއަޕް ބްރޭންޑެއް ހިންގާ ކެޓްރީނާއަކީ ދުނިޔޭގައި ވެސް މަގުބޫލު ފަންނާނަކަށްވާތީ، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ ހިތްގައިމު ދިރުންތަކާއި މަތީފަންތީގެ ފަތުރުވެރިކަން ދުނިޔޭގެ މީހުންނަށް އިޝްތިހާރު ކުރުމަށް ވިޒިޓް މޯލްޑިވްސް އިން ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ