މާލޭގެ ޝާރިއު ވަރުދީ މަގުން ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ ހަ ބިދޭސީއަކު އިއްޔެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. އިމިގްރޭޝަން ޓާސްކްފޯހުން ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަންގައި 44 ބިދޭސީއަކު ބަލައި ފާސްކޮށް، އޭގެ ތެރެއިން ހަ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އިމިގްރޭޝަނުން ބުނީ ސައްހަ ވިސާ ނެތި އަދި ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 8000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ.
ކޮމެންޓު ފޮނުވާ