ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ހައްޤެއް: ފަސްޓް ލޭޑީ

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ހައްޤެއް: ފަސްޓް ލޭޑީ

Author
ޙަސަން މުޙައްމަދު
11 އޮކްޓޯބަރ 2025 12:14
0

ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ ނަފްސާނީ އެހީތެރިކަން ލިބިގަތުމަކީ އިޚްތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ކޮންމެ އިންސާނަކަށްވެސް ލިބެންޖެހޭ މިނިވަންކަމެއް ކަމަށެވެ.

އެކަމަނާ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ދުނިޔޭގައި ހަނގުރާމަ އާއި ކާރިސާތަކުގެ ތެރޭގައި ތިބި ފަރާތްތަކާއި، ގެދޮރު ދޫކުރަންޖެހިފައިވާ މީހުންނާ ހިތުން ބައިވެރިވާ ކަމަށެވެ. ޚާއްޞަކޮށް އެފަދަ ހާލަތްތަކުގައި ނާޒުކު ހިސާބުތަކުގައި ތިބޭ އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ ބޮޑަށް ބޭނުންވާއިރު، އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކޮންމެ ފަރުވާއެއްގައިވެސް ހިތްހެޔޮކަމާއި، ފަސޭހަކުރުވުމާއި، ނަފްސާނީ އެހީތެރިކަން ހިމެނުން މުހިންމު ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަކީ މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ދިމާވާ މައްސަލަތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ފާހަގަކުރާ މުހިންމު ދުވަހެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.