މާތްﷲ އިންސާނާއަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށާއި، އެއްވެސް މީހަކު އަނެކާގެ މުދަލަށް ޙަޤަކާނުލާ އަރައުގަތުމަކީ އިސްލާމްދީން ޙަރާމް ކުރައްވާފައިވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"މުދަލުގެ ޙުރުމަތް" މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ މާތްﷲ ވަނީ އެކަނލާގެ ދީނުގައި މުދާ ހޯދާ، އެ މުދާ މިލްކު ކުރުމުގެ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅުއްވާފައި ކަމުގައެވެ. އެގޮތުން ބާޠިލް ގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށް އެކަނލާގެ އަމުރުކުރައްވާފައިވާ ކަމުގައިވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
މުސްލިމް އަޚުންނޭވެ! ޙަލާލު ގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގައި މާތްﷲ ބަރަކާތް ލައްވާނޭ ކަމެކެވެ. އަދި އަހަރެމެންގެ ޢަމަލުތައް މާތްﷲގެ ހަޒުރަތުގައި ޤަބޫލުކުރެވޭނޭ ކަމެކެވެ. ޙަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނޭ ކަމެކެވެ.
މިއަދުގެ ޚުޔުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދުގެ ޚުތުބާގައި އިތުރަށް ވިދާޅުވީ ޙަރާމް ގޮތުގައި މުދާ ހޯދުމަކީ މުދަލުގެ ބަރަކާތް ކެނޑޭނެކަމެއް ކަމަށާއި، އެއީ ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސް އެޅޭނޭކަމެއް ކަމުގައެވެ. އެގޮތުން އޭގެ ސަބަބުން ދިރިއުޅުމުގައި އުފާވެރިކަމާއި ބާއްޖަވެރިކަން ނެތި، ޙަރާމް ގޮތުގައި ހޯދާ ތަނަވަސްކަމަކީ އެމީހެއްގެ ރިޒުގުކަމުގައި ވެއްޖެ މީހަކީ އަބާޖަވެރިއެއްކަމުގައިވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ. ޚުޠުބާގައި ވިދާޅުވީ އެއްވެސް އިންސާނަކު އެ އިންސާނާއަށް ކަނޑައަޅުއްވާފައިވާ ރިޒުގު ފުރިހަމަވުމުގެ ކުރީން އޭނާގެ އަޖަލާއި ބައްދަލު ނުކުރާނެކަމުގައެވެ.
ކޮމެންޓު ފޮނުވާ