މި މަހުގެ 17 ވަނަ ދުވަހު ހުކުރު ނަމާދަށްފަހު ބަންދުކުރަނީ

މި މަހުގެ 17 ވަނަ ދުވަހު ހުކުރު ނަމާދަށްފަހު ބަންދުކުރަނީ

Author
ހުސައިން
09 އޮކްޓޯބަރ 2025 09:58
0

މާފަންނު ބޮޑުގެ މިސްކިތް މި މަހުގެ 17 ވަނަ ދުވަހު ހުކުރު ނަމާދުގެ ފަހުން ބަންދުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެތަނުގައި ހުރި ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތް އެއަށްފަހު ފެށޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އެތަނުގައި އާ ޒަމާނީ މިސްކިތުގެ ބިންގާ ނޮވެމްބަރު ހަތަރު ވަނަ ދުވަހު އަޅާނެ ކަމަށެވެ. މި މިސްކިތް އަޅަނީ ވިޔަފާރިވެރިންގެ އެހީތެރިކަމާއެކު ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.