ދެ އިންތިޚާބު އެއްކުމަށް އެމްޑީޕީން ތާއީދު ނުކުރާނެ: އެމްޑީޕީގެ ޕީޖީ

ދެ އިންތިޚާބު އެއްކުމަށް އެމްޑީޕީން ތާއީދު ނުކުރާނެ: އެމްޑީޕީގެ ޕީޖީ

Author
ޙަސަން މުޙައްމަދު
08 އޮކްޓޯބަރ 2025 08:37
0

އިންތިޚާބުތައް އެއްކޮށްލުމުގެ ވާހަކައަކީ  އެއީ ޖަވާބުދާރީވުމުގެ މަފްހޫމާ ޚިލާފު ކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީސް ކުރާ ގޭގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއީލް ވިދާޅުވީ، މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމަށް އެމްޑީޕީން ތާޢީދު ނުކުރާނެ ކަމަށެވެ. އެގޮތަށް ހަދައިފިނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތު ނިގުޅައި ގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދުނިޔޭގެ ޤައުމުތަކުގައި ކޮންގްރެސް އިންތިޚާބު ބާއްވަނީ ދައުރުގެ މެދުން ކަމަށްވެސް މީކާއީލް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ މުޒާހަރާއިން ހައްޔަރު ކޮށްފައިވާ މީހުންނަށް މުއްދަތު ޖަހާފައިވާކަމާ ގުޅޭގޮތުންވެސް މީކާއީލް ވާހަކަފުޅު ދެއްކެވިއެވެ. މުޒާހަރާ ކުރުމަކީ ރައްޔިތުންގެ އަސާސީ ޙައްޤެއް ކަމަށާއި، ނަމަވެސް އެއަށްވުރެ ނުރައްކާތެރި ކުށްކުރާ މީހުންނަށް 3-5 ދުވަސް ޖެހޭއިރު މުޒާހަރާގައި ބައިވެރިވާ މީހުންނަށް 15 ދުވަސް ޖެހުމަކީ އިންސާފު ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މުޒާހަރާތަކުން ހައްޔަރުކުރާ މީހުންނަށް މުއްދަތު ޖެހުމަކީ ދިވެހިންގެ މަސައްކަތުން ނިމުމަކަށް ގެނެސްފައިވާ ކަމެއް ކަމަށާއި، އަނެއްކާވެސް އެކަން އިއާދަވާ މަންޒަރު ފެންނަމުން ދާކަމަށް މީކާއީލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.