ނޫސްވެރިންނާއި މީޑިއާތަކުންވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ: ފަލާހު

ނޫސްވެރިންނާއި މީޑިއާތަކުންވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ: ފަލާހު

Author
ހުސައިން
08 އޮކްޓޯބަރ 2025 01:41
0

 

ނޫސްވެރިންނާއި މީޑިއާތަކުން މާލީ ބަޔާން ހާމަކުރަން ޖެހޭނެ ގޮތް ހަދާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މަރުހަލާގައި މި ބިލަށް ބަދަލުގެންނަ، ނޫސްވެރިންނާއި މީޑިއާތަކުން ވެސް މާލީ ބަޔާން ހާމަކުރަން ޖެހޭނެ ކަމަށެވެ.

ދައުލަތުން ސްޕޮންސާގެ ގޮތުގައި އެއްޗެއް ހޯދިޔަސް، ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްވެރިޔަކު ކަމުގައި ވިޔަސް، ނޫސްތަކާއި ޓީވީތަކުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އިސްލާހު ކުރަން ޖެހޭ ކަމަށް  މެންބަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.