"ވިލުންތެރި ރާއްޖެ 2045″ އަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތަކުެ %50 ނިންމާލައިފި

"ވިލުންތެރި ރާއްޖެ 2045″ އަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތަކުެ %50 ނިންމާލައިފި

ގުޅުންހުރި

ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ ތަރައްގީގެ ދިއްލަވާލާ "ވިލުންތެރި ރާއްޖެ 2045″ ގެ ގައުމީ ޕްލޭން އެކުލަވާލުމުގައި ރައްޔިތުންގެ އިސްނެންގުން ހޯދުމަށް މުޅި ރާއްޖޭގައި ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ގެ ބައްދަލުވުންތައް ރާއްޖޭގެ ދެބައިކުޅަ އެއްބައި ރަށުގައި ނިންމާލައިފިއެވެ.

މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރާ "ނެކްސިޔާ މޯލްޑިވްސް" އިން ހާމަކުރި ގޮތުގައި މިދިޔަ މަހުގެ 5 ވަނަ ދުވަހު ކ. گُرައިދޫން ފެށި މި ބައްދަލުވުންތައް މިހާތަނަށް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ގދ، ހއ، ވ، އދ، މ، އަދި ޅ އަތޮޅުތަކުގެ ހުރިހާ ރަށެއްގައި ބާއްވައި ނިންމާލައިފައިވެއެވެ. މިވަގުތު ގއ، ލ، އއ، ނ، ރ، އަދި ބ އަތޮޅުތަކުގައި ބައްދަލުވުންތައް ކުރިއަށް ދާއިރު، ލ. އަތޮޅުގެ ބައްދަލުވުންތައް މާދަމާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ނެކްސިޔާ އިން ބުނެއެވެ. ބާކީ އަތޮޅުތަކުގައި ބައްދަލުވުންތައް ބޭއްވުމަށް ތާވަލް ކުރަމުންދާކަން ވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ