13،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކުޅުދުއްފުށި ސިޓީން ކަރަންޓު ކެނޑި، ގަޑިއިރަކަށްވުރެ ގިނައިރު ފަހުން އަލުން ކަރަންޓު ފަށައިފިއެވެ. ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ، މުޅި ސިޓީން ކަރަންޓު ކެނޑުނީ އިރުއޮއްސި 18:15ހާއިރު ކަމަށާއި، މި މައްސަލަ ދިމާވީ ޓްރާންސްފޯމަރުން ކަރަންޓު ދޫކުރުމުގައި ޓެކްނިކަލް މައްސަލައެއް ކުރިމަތިވެގެން ކަމަށެވެ.
ކަރަންޓު ކެނޑުނު ގަޑިއިރެއް ފަހުން ސިޓީގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށައި، ބާކީ ސަރަހައްދުތަކަށް ވެސް ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ. ރާއްޖޭގެ އެކި އަތޮޅުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދޭތެރެއަކުން ކުރިމަތިވަމުން އަންނައިރު، އާބާދީ އެންމެ ބޮޑު ދެވަނަ ސިޓީ އައްޑޫސިޓީން ވެސް މިފަދަ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ