މާލޭގެ އެއްވުމަކީ ގައުމީ ގޮވާލުމަކަށްވީތީ ޕީއެންއެފް މެންބަރުން ބައިވެރިވި: ޔާމިން

މާލޭގެ އެއްވުމަކީ ގައުމީ ގޮވާލުމަކަށްވީތީ ޕީއެންއެފް މެންބަރުން ބައިވެރިވި: ޔާމިން

Author
ހުސައިން
06 އޮކްޓޯބަރ 2025 07:32
0

މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުގައި ޕީއެންއެފްގެ މެންބަރުން ބައިވެރިވީ އެއީ ގައުމީ ގޮވާލުމަކަށްވާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެމްޑީޕީން އިންތިޒާމުކުރި ނަމަވެސް އެއީ ރައްޔިތުން ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ނިކުތް ގައުމީ ގޮވާލުމަކަށްވާތީ އެ އެއްވުމުގައި ޕީއެންއެފް މެންބަރުން ބައިވެރިވި ކަމަށެވެ.

"އެމްޑީޕީން އިންތިޒާމުކުރި ނަމަވެސް އަޅުގަނޑުމެންނަށް އެއީ ނޭޝަނަލް ކޯލްއެއް. އަޅުގަނޑުމެން ގަބޫލުކުރާ ހަރަކާތަކަށްވާތީ އަދި އެ ސްލޯގަން ރަނގަޅުވީމަ އަޅުގަނޑުމެން ބައިވެރިވީ،" ޔާމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމު ފުރަތަމަ ބެހެއްޓުމަށާއި ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެހެން ނުކުރާ ކަމަށާއި އެމްޑީޕީ އިދިކޮޅުގައި ތިއްބައި ވެރިކަމަށް އާދެވުމުން އެ ގޮވާލުންތަކާ އެއްގޮތަށް އަމަލު ނުކުރާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ އަދިވެސް ގައުމީ ސްލޯގަންއެއްގެ ދަށުން އެއްވުމެއް އިންތިޒާމުކޮށްފި ނަމަ ޕީއެންއެފުން ބައިވެރިވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އިދިކޮޅުގައި ތިބޭނަމަ އަޑު ގަދަކުރަން ޖެހޭނެ ކަމަށާއި އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އޮންނަ ގޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.