ރަސްމާލެއަށް މާސްޓަރޕްލޭން ތައްޔާރުކުރަން ކޮންސަލްޓަންޓުން ހޯދަނީ

ރަސްމާލެއަށް މާސްޓަރޕްލޭން ތައްޔާރުކުރަން ކޮންސަލްޓަންޓުން ހޯދަނީ

Author
ޙަސަން މުޙައްމަދު
05 އޮކްޓޯބަރ 2025 09:51
0

ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް މާލީ ވުޒާރާއާއި ތަރައްގީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާން ބިނާކުރެވިފައިވާ، ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި އަދި އިގްތިސާދީ ގޮތުން ފުދުންތެރި މާސްޓަރޕްލޭނެއް އެކުލަވާލުމެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާއިރު، ކުންފުނީގެ ފަންނީ ގާބިލްކަން، ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލާއި، މުވައްޒަފުންގެ ހުނަރާއި ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން ހުށަހަޅަންޖެހެއެވެ. ކޮންސަލްޓަންޓުން ހޮވުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން މެތަޑް އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި މަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓުން 5 އޮކްޓޫބަރުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ޝައުގުވެރިވާ ފަރާތްތަކުން 14 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހު ހަވީރު 2:00 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވަންޖެހެއެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު އަރުވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.