ތިނަދޫ ސިޓީގައި އިއްޔެ އިރުއޮއްސުނު ހިނގި ނުރައްކާތެރި ސައިކަލު އެކްސިޑެންޓެއްގައި ހަ އަހަރުގެ ފިރިހެން ކުދިންނަށް ސީރިއަސް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ ތިނަދޫ ސިޓީ އާބާދީގައި މަގު ހުރަސްކުރަމުން ދިޔަ ކުއްޖާގެ ގައިގައި ބާރު ސްޕީޑްގައި ދުއްވަމުން ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓްވި ކަމަށެވެ. ކުއްޖާ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވި 21 އަހަރުގެ ދިވެހި ފިރިހެންމީހާ ލައިސަންސް ނެތި ސައިކަލު ދުއްވަމުން ގޮސްފައިވާކަން ފާހަގަވެއެވެ. އެކްސިޑެންޓް ވުމުން އޭނާ މަޑުނުކޮށް ދިޔަކަމަށް ފުލުހުން ހާމަކުރެއެވެ. މި މައްސަލައާގުޅިގެން ސައިކަލު ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސައިކަލު ޓޯކޮށް މައްސަލަ ތަޙްޤީޤު ކުރަމުން އަންނަކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކޮމެންޓު ފޮނުވާ