ޑިމާންޑްތައް ފުރިހަމަ ނުވާނަމަ ނޮވެމްބަރު 17 ގައި އިތުރު މުޒާހަރާއެއް ކުރަން އެމްޑީޕީން ނިންމައިފި

ޑިމާންޑްތައް ފުރިހަމަ ނުވާނަމަ ނޮވެމްބަރު 17 ގައި އިތުރު މުޒާހަރާއެއް ކުރަން އެމްޑީޕީން ނިންމައިފި

Author
ހުސައިން
05 އޮކްޓޯބަރ 2025 01:41
0

އެމްޑީޕީން ސަރުކާރަށް ކުރި ފަސް ޑިމާންޑް ފުރިހަމަ ނުކުރާނަމަ އަންނަ ނޮވެމްބަރު 17 ވަނަ ދުވަހު އިތުރު މުޒާހަރާއެއް ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލިހުން މިރޭ ނިންމައިފިއެވެ. މި ގަރާރު ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ނޮވެމްބަރު 17 އަކީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންތާ ދެ އަހަރު ފުރޭ ދުވަހެވެ.

އެމްޑީޕީން ސަރުކާރަށް ކުރި ފަސް ޑިމާންޑްގެ ތެރޭގައި ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބަދަލުކުރުމާއި، ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފުތާގައި ދޭން ފެށުމާއި، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް އުވާލުމާއި، މީޑިއާ ރެގިއުލޭޝަންގެ ބިލް އުވާލުމާއި، އާސަންދަ އާއި ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

ހުކުރު ދުވަހުގެ ރޭ 8:30 ހާއިރު އާޓިފިޝަލް ބީޗުން ފެށި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. އެމްޑީޕީގެ އިސް ފަރާތްތަކުން ވާހަކަ ދައްކާފައި މުޒާހަރާގެ ބައިވެރިން މަޖީދީމަގަށް ދިއުމުން ފުލުހުން އެ މަގު ބަންދުކޮށް ޕެޕަސްޕްރޭ ޖަހައިފައިވެއެވެ. މުޒާހަރާގެ ތެރެއިން އަށް މީހަކު ހައްޔަރުކޮށް ދެ މީހަކު ދޫކޮށްލައި ބާކީ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ. ފުލުހުން ބުނީ ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހުމުން މުޒާހަރާ ހުއްޓުވި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.