މުޒާހަރާ ކޮންޓްރޯލްކުރަން މަސައްކަތްކުރި 3 ފުލުހަކަށް އަނިޔާވި

މުޒާހަރާ ކޮންޓްރޯލްކުރަން މަސައްކަތްކުރި 3 ފުލުހަކަށް އަނިޔާވި

Author
ހުސައިން
04 އޮކްޓޯބަރ 2025 08:39
0

ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާ ކޮންޓްރޯލްކުރަން މަސައްކަތްކުރި 3 ފުލުހަކަށް އަނިޔާވެފައިވާކަން ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ. މީޑިއާއަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ 2 ފިރިހެން ފުލުހަކާއި އަންހެން ފުލުހަކަށް މި މުޒާހަރާއިން އަނިޔާވެފައިވާކަމަށެވެ.

ފުލުހުން ބުނީ އަންހެން ފުލުސް މީހާ ޝިލްޑާއެކު ވެއްޓުމުން އޭނާގެ ގައިމަތިން މުޒާހަރާގެ ބައިވެރިން ދިއުމުގެ ސަބަބުން އަނިޔާވެފައިވާކަމަށެވެ. އަނިޔާވި ދެ ފިރިހެން ފުލުހުންގެ ތެރެއިން އެކަކަށް ބެރިކޭޑުން ޖެހުމުން އަނިޔާވެފައިވާއިރު، އަނެއް މީހާއަށް އަނިޔާވީ މުޒާހަރާގެ ބައިވެރިން ޝިލްޑުތަކުގައި ޖެހުމުންކަމަށް އެ އިދާރާއިން ބުންޏެވެ. އަނިޔާވި 2 ފުލުހުންނަށް ސެނެހިޔާގައި ފަރުވާދީފައިވާއިރު، އަނެއް މީހާއަށް ފަރުވާދީފައިވަނީ އޭޑީކޭގައިކަމަށް ފުލުހުން ބުނެފިއެވެ.

3000 އަށްވުރެ ގިނަ މީހުން ބައިވެރިވި މި މުޒާހަރާގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތިލުންތައް ހިނގާފައިވާއިރު، ބައިވެރިން ފުލުހުންގެ ބެރިކޭޑްތައް ފޫއަޅުވާލަން މަސައްކަތްކޮށް ޝިލްޑްތައްވެސް އަތުލާފައިވެއެވެ. މުޒާހަރާ ކޮންޓްރޯލްކުރަން ފުލުހުން ޕެޕާ ސްޕްރޭ ވަނީ ބޭނުންކޮށްފައެވެ. މި މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރި 6 މީހެއްގެ ބަންދަށް 15 ދުވަހުގެ މުއްދަތަކަށް ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.