ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅު ފުއްދުމުގެ ގޮތުން، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ގއ. ވިލިނގިލީގައި ރޭ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތައާރަފްކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައިފި އެވެ.
މި ހިދުމަތް ގއ. އަތޮޅުގައި ފަށައިފައިވާއިރު، މިހާރު އެ އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓް ހެދުމަށް ނުވަތަ އިތުރު ކުރުމަށް މާލެއަށް ދަތުރުކުރުމުގެ ބޭނުމެއް ނެތެވެ. މިއީ އަތޮޅު ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ބެލެވެ އެވެ.
އިމިގްރޭޝަނުން ބުނީ މި ހިދުމަތް ފެށުމުން، ގއ. އަތޮޅުގެ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމުގެ ހަރަދާއި ވަގުތު ސަލާމަތްވެ، ޕާސްޕޯޓާ ގުޅޭ ހުރިހާ ހިދުމަތްތަކެއް އަތޮޅުން ލިބިގެންދާނެ ކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒެކެވެ.
ކޮމެންޓު ފޮނުވާ