ގައުމީ ގުރުއާން މުބާރާތުގެ ވަނަތަކަށް 75،000 ރުފިޔާއާ ހަމައަށް އިނާމު ދޭނެ

ގައުމީ ގުރުއާން މުބާރާތުގެ ވަނަތަކަށް 75،000 ރުފިޔާއާ ހަމައަށް އިނާމު ދޭނެ

ގުޅުންހުރި

މި އަހަރުގެ ގައުމީ ގުރުއާން މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ދޭނެ ފައިސާގެ އިނާމުތަކުގެ އަދަދުތައް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކުރި ތަފްސީލުތަކަށް ބަލާއިރު، ހާފިޒުންގެ ބަޔާއި ނުބަލާ ކިޔެވުމުގެ ބަޔާއި ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާ ފަރާތްތަކަށް 75،000 ރުފިޔާ ލިބޭނެއެވެ. ދެވަނައަށް ހޮވޭ ފަރާތްތަކަށް 50،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތްތަކަށް 35،000 ރުފިޔާ ލިބޭނެކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އިނާމުތަކުގެ ތެރޭގައި އުމްރާ ދަތުރުތަކެއް ވެސް ހިމެނޭނެކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ގައުމީ ގުރުއާން މުބާރާތަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތަކުގެ ގޮތުގައި ވަރަށް އަގުހުރި އިނާމުތަކެއް ވެސް މި އަހަރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން ނުބަލާ ކިޔެވުމުގެ ބައި، ބަލައިގެން ކިޔެވުމުގެ ބައި އަދި ހާފިޒުންގެ ބައިން މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތްތަކަށް، އެމީހުން ބޭނުންވާ ދާއިރާއަކުން، ބޭނުންވާ ގައުމެއްގައި ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލެވޭ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕެއް ލިބޭނެއެވެ.

މީގެ އިތުރުން، މި ތިން ބަޔާއި މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު ޝަރަފުގެ ފިލާއެއް ވެސް ދެއްވާނެކަމަށް ރައީސް އޮފީހުން ވަނީ އިއުލާންކޮށްފައެވެ.

މި އަހަރުގެ ގައުމީ ގުރުއާން މުބާރާތުގައި ޖުމްލަ 1،023 ބައިވެރިން ވާދަކުރި ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. އޭގެ ތެރޭގައި ބަލައިގެން ކިޔެވުމުގެ ގޮފިން 582 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ގޮފިން 412 ބައިވެރިންނާއި، ހާފިޒުންގެ ގޮފިން 29 ބައިވެރިން ހިމެނެއެވެ. މުބާރާތުގެ ނަތީޖާ އިއުލާންކުރުން ހަމަޖެހިފައިވަނީ އަންނަ 12 އޮކްޓޫބަރު ވާ އާދީއްތަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ