އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލައެއް ތަހުގީގު ކުރަނީ

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލައެއް ތަހުގީގު ކުރަނީ

Author
ހުސެއިން
02 އޮކްޓޯބަރ 2025 11:01
0

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ހިއްސާދާރުންގެ ފައިސާއާ ގުޅޭގޮތުން އިހުމާލުވެފައިވާ ކަންކަން ފާހަގަކުރެވި، އެ މައްސަލަ ބެލުމުގެ މަސައްކަތް ފެށިއްޖެއެވެ.

އެމްޓީސީސީއިން ނެރުނު ބަޔާނަކުން ހާމަކޮށްފައިވާ ގޮތުގައި، ކުންފުނީގެ ފާއިތުވި އަހަރުތަކުގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމުން ހިއްސާދާރުންގެ ފައިސާއާ މެދު އިހުމާލުވެފައިވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވެއެވެ. މި ކަންކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ތަހުގީގު ކުރުމަށް ހުށަހަޅާފައިވާ ކަމަށް ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، އިހުމާލުވި ފަރާތްތަކުގެ ކިބައިން ހިއްސާދާރުންނަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ. ތަހުގީގުގެ ނަތީޖާ ފެންނަން އަންނައިރު، ޝަރީއަތަށް ހުށަހަޅަންޖެހޭ މީހުން ހުށަހެޅުމަށް ކުންފުނިން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވެއެވެ.

މި މައްސަލައަކީ ހިއްސާދާރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން އެމްޓީސީސީއިން އަޅަމުންދާ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވޭ އިރު، ތަހުގީގުގެ ތަފްސީލުތައް އިތުރަށް ހާމަކުރާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.