ސްޓެލްކޯއަށް ދިގު މުއްދަތަކަށް އިޚުލާސްތެރިކަމާއެކު ޚިދުމަތްކުރެއްވި ތިން ބޭފުޅަކު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ. މި ބޭފުޅުންގެ ތެރޭގައި 42 އަހަރު ޚިދުމަތްކުރެއްވި ސީނިއާ ސާވިސް އިންޖިނިއަރު އަޙުމަދު މަނިކު (ސުތުލި)، 34 އަހަރު ޚިދުމަތްކުރެއްވި ސީނިއަރ ސާވިސް އިންޖިނިއަރު އިބްރާހިމް ރަޝީދު (އަންދަރޭ) އަދި 7 އަހަރު ޚިދުމަތްކުރެއްވި ސީނިއާ ސާވިސް ސުޕަރވައިޒަރު ޙަސަން ޙަލީމް ހިމެނިވަޑައިގަންނަވައެވެ.
ރިޓަޔާ ކުރެއްވި މި ބޭފުޅުންގެ އަގުވަޒަންކޮށް، ޝަރަފުވެރިކޮށް ވަކިކުރުމުގެ ގޮތުން އިއްޔެ ސްޓެލްކޯއިން ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު ވަނީ ރިޓަޔާމަންޓް ލިޔުންތައް މި ބޭފުޅުންނާ ހަވާލުކޮށްދެއްވާފައެވެ.
ސްޓެލްކޯގެ ތަރައްޤީއަށާއި ކުރިއެރުމަށް މި ބޭފުޅުން ކޮށްދެއްވި ޚިދުމަތްތަކަކީ ކުންފުނީގެ ތާރީޚުގައި އަބަދުވެސް ފާހަގަކޮށްލެވޭނެ ކަންކަމެވެ. ޚާއްޞަކޮށް އަޙުމަދު މަނިކާއި އިބްރާހިމް ރަޝީދަކީ ތިން ދަހައެއްހާ އަހަރަށްވުރެ ގިނަ ދުވަހު ކުންފުންޏަށް ޚިދުމަތްކުރެއްވި، ތަޖުރިބާކާރު އިންޖިނިއަރުންނެވެ. މި ބޭފުޅުންގެ ފަންނީ ހުނަރާއި ތަޖުރިބާއަކީ ސްޓެލްކޯގެ ޚިދުމަތްތައް ފުޅާކޮށް ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަންކަމެވެ.
ކޮމެންޓު ފޮނުވާ