ތ. ގުރައިދޫއާއި ގާދިއްފުށީ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ވެމްކޯއާއި ހަވާލު ކޮށްފި

ތ. ގުރައިދޫއާއި ގާދިއްފުށީ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ވެމްކޯއާއި ހަވާލު ކޮށްފި

Author
އަލީ ރައޫފް
21 ސެޕްޓެމްބަރ 2025 08:55
0

ތ. ގުރައިދޫ އަދި ތ. ގާދިއްފުށީ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތާއި، ތ. މަޑިފުށީ ޞިއްޙީމަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން ކުނި މެނޭޖްކުރަން އުފައްދާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި ތިން މަޝްރޫޢުގެ ތެރެއިން އެންމެ ބޮޑު އަގެއްގައި ހަވާލުކޮށްފައިވަނީ ގުރައިދޫ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައިވަނީ 32.8 މިލިއަން ރުފިޔާއަށް، 325 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މަޑިފުށީ އަދި ގާދިއްފުށީ ޞިއްޙީމަރުކަޒުތަކުގެ މަސައްކަތް ވަނީ ކޮންމެ މަސައްކަތެއް 12.8 މިލިއަން ރުފިޔާއަށް، 325 ދުވަހުގެ މުއްދަތަށް ހަވާލުކޮށްފައެވެ.

މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އާއި ވެމްކޯގެ ޖެނެރަލް މެނޭޖަރު، ބިޒިނަސް ޑެވެލޮޕްމަންޓް އެންޑް މާކެޓިން އިސްމާޢިލް އުބައިދެވެ.

މި މަޝްރޫޢުތައް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރުމާ ގުޅޭގޮތުން ރައީސް މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވަނީ، ސަރުކާރުގެ ކުންފުނިތަކާ މަޝްރޫޢުތައް ހަވާލުކުރަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.