ފީއަލީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް ހަވާލު ކޮށްފި

ފީއަލީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް ހަވާލު ކޮށްފި

Author
އަހުމަދު
20 ސެޕްޓެމްބަރ 2025 11:09
0
ފ. ފީއަލީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިކަމުގެ އެއްބަސްވުމުގައި މިއަދު އިސްލާމިކް މިނިސްޓްރީއާއި އެ ކުންފުންޏާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަމީން މުހައްމަދު އެވެ.

ފ. ފީއަލީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މިސްކިތް ނިމޭއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.