ވިޔަފާރީގައި ދެތުވެރި ވުމަކީ އަޅުކަމެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"މުއުތަމަޢު އިސްލާހުކުރުން، އެންމެންގެ ޒިންމާ" މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ ވިޔަފާރީގައި ދެތުވެރި ވުމަކީ މާތްﷲ އޭގެ ދަރުމަ ބޮޑުކުރައްވާފައިވާ ކަމެއް ކަމަށާއި ވިޔަފާރީގައި މަކަރު ހެދުމަކީ މާތްﷲ ލަޢުނަތްލައްވާފައިވާ އެކަމުގެ އަޒާބު ބޮޑުކަމެއް ކަމުގައެވެ.
ވިޔަފާރި މުދަލުން ޒަކާތް ދިނުމަކީ މުދަލުގައި ބަރަކާތްލައްވާ ކަމެކެވެ. ނަމަވެސް، މިކަންކަން ހަނދުމަ ނައްތާލައި، ވިޔަފާރީގައި މަކަރާއި ހީލަތްހަދާ، މީސްތަކުންގެ މުދާތައް ބާތިލް ގޮތުގައި ބޭނުންކޮށް، ޒަކާތް ނުދައްކައި، މުދާ ޚަޒާނާކޮށް، މުންކަރާތްތަކާއި، ބޭކާރު ގޮތުގައި މުދާ އިސްރާފުކުރުން ނިކުންނަ ނަތީޖާއަކީ، އޭގައި މާތްﷲ ބަރަކާތް ނުލެއްވުމެވެ. ނަމަވެސް މާތްﷲ ރުހިގެންވާ މަގުން މުދާ ހޭދަކޮށް، އޭއާ މެދު އަމާނާތްތެރި ވުމުން މާތްﷲ އޭގައި ބަރަކާތްލައްވައި، އިންސާނާގެ ދަރިފަސްކޮޅަށް އެ މުދާ ވާރުތަ ކުރައްވައެވެ. މިކަންކަމަކީ ކީރިތި ޤުރުއާނުން އެނގޭން އޮތް ކަމެކެވެ. ވީމާ މިކަންކަމާ މެދު ފިކުރު ހިންގަައި ޢަމަލުތައް ސީދާ ކުރާށެވެ!
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ މުޖުތަމަޢު ގޯސްވުމުން އެވާހަކަ ދައްކަނީ ހަމަ އަހަރެމެންގެ ދޫތަކުން ކަމަށާއި، ނަމަވެސް އެކަން ހައްލުކުރުމަށް އިޚްލާސްތެރިކަމާއެކީ މަސައްކަތް ކުރަނީ ކިތައް މީހުންތޯ ސުވާލުކުރާންޖެހޭ ކަމުގައެވެ.
ޚުޠުބާގައި ވިދާޅުވީ އިޖުތިމާއީ ގޮތުންނާއި އަޚުލގީ ގޮތުން މުޖުތަމަޢު ފަސާދަވަނީ މާތްﷲ ދެއްވި މަތިވެރި ނިޢުމަތްތައް ހަނދާން ނައްތާލުމުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ