ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި 32 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހާއަކީ ކުއްޖާގެ ބައްޕަ ކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.
ނޯތު ސެންޓަރަލް ޕޮލިސްގެ ސަރަހައްދުގައި ހިމެނޭ ރަށެއްގައި އިތުބާރު ހިފޭ މަގާމެއްގައި މަސައްކަތް ކުރާ މި ފިރިހެނާ، އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ މައްސަލަ މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ރިޕޯޓު ކުރެވުނެވެ.
މި މައްސަލައިގައި ތަހުގީގު ކުރުމަށްފަހު، ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި މި ވަގުތު ތުހުމަތު ކުރެވޭ ފަރާތް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން ދާ ކަމަށް ފާހަގަ ކުރެވޭ އިރު، މިފަދަ މައްސަލަތަކުގައި އާއިލާގެ މެންބަރުން ހިމެނޭ ކަން ފާހަގަ ކުރެވެއެވެ. މިކަމަކީ މުޖުތަމައުގައި ކަންބޮޑުވުން އުފެދޭ ކަމެއް ކަމަށް އިޖުތިމާއީ ހަރަކާތްތެރިން ފާހަގަ ކުރައްވައެވެ.
ކޮމެންޓު ފޮނުވާ