މާލޭގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

މާލޭގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

Author
ޙަސަން މުޙައްމަދު
15 ސެޕްޓެމްބަރ 2025 01:21
0

މާލޭގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ މާލޭގެ މާފަންނުގައި ހުންނަ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:22 ހާއިރު ކަމަށެވެ.
މި މައްސަލައިގައި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމީހާ މަރުވެފައި ވަނީ އަމިއްލައަށް ކަރަށް ވަޅި ހަރައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.