ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ރަސްމީ ހެދުމުގައި ވަޑައިގަތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު މެންބަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ. މި އިލްތިމާސް ކުރެއްވީ ދައުރުން ބޭރުގައި މިއަދު ބޭއްވުނު ހާއްސަ ޖަލްސާއަށް އެތައް މެންބަރުން ޓައީ ނާޅައި ވަޑައިގެންނެވުމާ ގުޅިގެންނެވެ.
މަޖިލީހުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ މެންބަރުންގެ ރަސްމީ މަސައްކަތުގެ ވަގުތު ކަމުން، އެ ވަގުތުތަކުގައި މެންބަރުން މަޖިލީހަށް ވަޑައިގަންނަވަންވާނީ ރަސްމީ ހެދުންކޮޅުގައި ކަމަށެވެ. ރަސްމީ ހެދުމުގެ މާނައިގައި ޓައީ އެޅުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ އިއްޒަތާއި ކަރާމާތް ދެމެހެއްޓުމަކީ ހުރިހާ މެންބަރުންގެ މައްޗަށް ލާޒިމު ކަމެއް ކަމުގައި އަބްދުއްރަހީމް ވިދާޅުވެ، މިކަމަކީ މަޖިލީހުގައި ކުރިން ސުރެ އަމަލުކުރަމުން އައި އުސޫލެއް ކަން ހާމަކުރެއްވިއެވެ. މިއަދުގެ ޖަލްސާއަށް ޓައީ ނާޅައި ވަޑައިގެންނެވި މެންބަރުންނަށް، ކުރިއަށް އޮތް ޖަލްސާތަކުގައި މި އުސޫލަށް އަމަލުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ