މެޑަމް ނަސްރީނާގެ ހާޅުކޮޅު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފި

މެޑަމް ނަސްރީނާގެ ހާޅުކޮޅު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފި

Author
ޙަސަން މުޙައްމަދު
13 ސެޕްޓެމްބަރ 2025 04:45
0

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ސިއްހީ ހާލަތު ރަނގަޅުވުމާ ގުޅިގެން މިއަދު ދަރުމަވަންތަ ހޮސްޕިޓަލުން ގެއަށް ވަޑައިގެންފިއެވެ.

އިންފެކްޝަނެއްގެ ސަބަބުން ނަސްރީނާ އިބްރާހިމް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކުރައްވައިގެން ފަރުވާ ހޯއްދަވަމުން ގެންދެވީ ހަފްތާއެއްހާ ދުވަހުގެ މުއްދަތަކަށް ކަމަށް މައުމޫންގެ އޮފީހުން ނެރުއްވި ބަޔާނަކުން ހާމަވެއެވެ.

މައުމޫންގެ އޮފީހުން ނެރުއްވި ބަޔާނުގައި، މެޑަމް ނަސްރީނާއަށް ފަރުވާ ދެއްވި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން އަދި އެނޫންވެސް މުވައްޒަފުން ދެއްކެވި އިޚްލާސްތެރިކަމާއި އޯގާތެރި އަޅާލުން ވަރަށް ބޮޑަށް ފާހަގަކުރައްވާފައިވެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓަކުން ވިދާޅުވީ، ނަސްރީނާ އިބްރާހިމްގެ ސިއްހަތު ފުރިހަމައަށް ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލައްވައިފި ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.