ނަމާދުގައި ޚުޝޫޢަތްތެރި ވުމުގެ ގޮތުން ނަމާދަށް ފެށުމުގެ ކުރިން މޯބައިލް ފޯނު ނިއްވާލުމަކީ މުހިންމު ކަމެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ނަމާދުގައި ޚުޝޫޢަތްތެރި ވުން" މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދު ޚުޠުބާގައި ވިދާޅުވީ ނަމާދުގަޑީގައި މީހުންނާ ފޯނުން ނުގުޅުމަކީވެސް ނަމާދަށް ތިބޭ މީހުން ޚުޝޫޢަތްތެރިވުމަށް ކޮށްދެވިދާނޭ ކަމެއް ކަމަށެވެ. އަދި ނަމާދަށް ތިއްބާ ފޯނު ރަނގަބީލުވާ އަޑު އިވުމަކީ ނަމާދަށް ތިބޭ މީހުންނަށް އުދަގޫވާނެ ކަމެއް ކަމަށްވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ނަމާދުގައި ކިޔާތަކެތީގެ މާނަ ދަސްކުރާށެވެ! ސޫރަތުލް ފާތިޙާއާއި ކުރު ސޫރަތްތަކުގެ މާނައާއި، ތަސްބީޙަތަކާއި ޒިކުރުތަކާއި ދުޢާތަކުގެ މާނައެވެ. ނަމާދުގައި ހުންނައިރު، ކިޔަވާ ސޫރަތްތަކާއި ކިޔާ ތަކެތީގެ މާނަ ހިތައް ގެންނާށެވެ!
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
ޚިޠުބާގައި އިތުރަށް ވިދާޅުވީ ނަމާދަށް ފަށާއިރަށް ނަމާދުކުރާ މީހާގެ ހިތަށް ވަސްވާސްތައް ވައްދާ ޝައިތާނަކު ވާކަމުގައެވެ.
އެއްފަހަރަކު އަމްރުބުލް ޢަބީ ޢާސް ކީރިތި ރަސުލާގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! ހަމަ ކަށަވަރުން ޝައިތާނާ ތިމަންކަލޭގެ ފާނުގެ ނަމާދާއި ޤުރުއާން ކިޔެވުމަށް ހުރަސްއަޅައި، ވަސްވާސް އުފައްދައިފިއެވެ. އެ ހިނދު ކީރިތި ރަސޫލާ ހަދީސް ކުރެއްވިއެވެ. އެއީ ޚިންޒަބެވެ ކިޔާ ޝައިތާނެކެވެ. ކަލޭގެފާނަށް އެސޮރުގެ ހިލަމެއް ވެއްޖެނަމަ، އޭގެ ވަސްވާހުން ރައްކައުތެރިވުމަށް އެދިވަޑައިގެން، މާތް ﷲގެ ހަޒުރަތުގައި ދަންނަވާށެވެ! އަދި ވާތްފަރާތުގައި ތިންފަހަރު ފުމެލައްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އެގޮތަށް އަމަލު ކުރެއްވުމުން ﷲ ތަޢާލާ ތިމަންކަލޭގެފާނުގެ ކިބައިން އެ ވަސްވާސްތައް ދުރުކުރައްވައިފިއެވެ."
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދުގެ ޚުޠުބާގައި ވަނީ ނަމާދުގައި މަޑުމައިތިރިވެ ޚުޝޫޢަތްތެރިވުމަށް ނަސޭހަތްތެރި ވެފައެވެ.
ކޮމެންޓު ފޮނުވާ