ޖިންނީނާއި އިންސީންނަށް ތެދުމަގު ދެއްކެވުމަށްޓަކާ މާތްﷲ ފޮނުއްވެވި ރަސޫލާދެކެ ލޯބިވުމަކީ ގުރުއާނާއި ސުންނަތުން ސާބިތުވާ ކަމެއްކަމަށާއި، އެއީ މާތްﷲ އަމުރު ކުރައްވާފައިވާ ކަމެއްކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ ލޯބިވުން" މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ މާތް ނަބިއްޔާ ދެކެ ލޯބިވުމަކީ އެންމެހާ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް ކަމުގައެވެ.
ސަބަބުތަކެއް ނެތިއެއް ނޫނެވެ. ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވެވުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމުގެ އަނދިރީގައެވެ. އަނިޔާއާއި ބޭއިންސާފުން ފުރިފައެވެ. ބާރު އޮތީ ތަނަވަސްކަމާއި ނުފޫޒުގަދަ މީހުންގެ އަތުގައެވެ. މީސްތަކުން ތިބީ އެކި ފަންތިތަކަށް ބަހާފައެވެ. ޤަދަރުވެރީންނާއި ނިކެމެތީންނެވެ. ސާހިބުންނާއި އަޅުންނެވެ. ރިބާ ކެއްުމާއި، ބުދަށް އަޅުކަން ކުރުމާއި، ޢައިބު ދަންނަކަމަށް ދައުވާކުރުން އޮތީ އިންތިހާއަށެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ މީސްތަކުން މިފަދަ ހާލެއްގައި ވަނިކޮށް މާތްﷲ މީސްތަކުންގެ މައްޗަށް ދަރުމަވެރިވެވޮޑިގެން ތެދުމަގާއިގެން ފޮނުއްވި ބޭކަލަކީ ކީރިތި ރަސޫލާ ކަމުގައެވެ. އަދި އެކަލޭގެފާނު ގެނެސްދެއްވި ދީނުގައި އިންސާފު އޮތްކަން ބަޔާން ކުރައްވަމުން ޚުޠުބާގައި ވިދާޅުވީ އެކަލޭގެފާނު ގެނެސްދެއްވި ދީނުގައި ހަމަހަމަކަން އޮތް ކަމަަށާއި ދުނިޔެއާއި އާޚިރަތް ބާއްޖެވެރި ކުރެވެން އޮތް މަގަކީ އެއީ ކަމުގައެވެ.
ޚުޠުބާގައި ވިދާޅުވީ އިސްލާމް ދީނުގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމަޢު އެކުވެރިވި ކަމަށާއި، ހަތުރުން މިތުރުންނަށްވެ، ނަރަކައިން މިންޖުވެވޭނެކަމު ފަހިވެ ސުވަރުގެ ވަދެވޭނެ މަގު ފަހުވީ އެ ދީނުގެ ސަބަބުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ