ހުޅުމާލޭގައި ބޮޑެތި ދެ މިސްކިތެއް އެޅުމުގެ މަސައްކަތް ފެށުމަށް ބިން ހަވާލުކޮށްފި

ހުޅުމާލޭގައި ބޮޑެތި ދެ މިސްކިތެއް އެޅުމުގެ މަސައްކަތް ފެށުމަށް ބިން ހަވާލުކޮށްފި

Author
ހުސައިން
02 ސެޕްޓެމްބަރ 2025 03:03
0

ހުޅުމާލެ ފޭސް ދޭގައި ބޮޑެތި ދެ މިސްކިތެއް ބިނާކުރުމަށް ރާވާފައިވާ ބިން މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ދެ މިސްކިތަކީ ކޮންމެ މިސްކިތެއްގައިވެސް 2000 އިން 3000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ބޮޑެތި މިސްކިތްތަކެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު މިއަދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު އާއި އިސްލާމީ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

ފުރަތަމަ މިސްކިތް ބިނާކުރާނީ ހުޅުމާލޭގެ ލޮޓް ނަންބަރު 22221 ގައެވެ. މި މިސްކިތް އެޅޭ ބިމުގެ ބޮޑުމިނަކީ 27،920 އަކަފޫޓެވެ. ދެވަނަ މިސްކިތް އެޅުމަށް ކަނޑައެޅިފައިވަނީ ލޮޓް ނަންބަރު 22242 ގައެވެ. މި ބިމުގެ ބޮޑުމިނަކީ 20،720 އަކަފޫޓެވެ.

މާލެ ސަރަހައްދުގައި ނަމާދުކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ގިނަ މިސްކިތްތަކެއްގެ މަސައްކަތް ކުރިއަށް ގެންދަމުންދާކަން ފާހަގަކުރެވެއެވެ. މި ދެ މިސްކިތަކީވެސް ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީގެ ދީނީ ބޭނުންތައް ފުއްދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.