ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި

ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި

Author
ހުސައިން
01 ސެޕްޓެމްބަރ 2025 11:41
0

އޮކްޓޫބަރު 3 ވަނަ ދުވަހުން ފެށިގެން މާލޭގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށް ނިންމާފައިވާ ގަރާރު، ޕާޓީގެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގު ހުށަހެޅުއްވި މި ގަރާރަށް ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ތާއީދު ކުރެއްވިއެވެ. ގަރާރުގައި ބުނެފައިވާ ގޮތުން، ސަރުކާރު ހަމަމަގަށް އެޅުވެންދެން މި އިހުތިޖާޖުތައް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.

ގަރާރުގައި ފާހަގަކޮށްފައިވަނީ، ރާއްޖޭގެ މިނިވަންކަމާއި ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގުތައް ނިގުޅައިގަތުމަށް އެއްވެސް ބަޔަކު މަސައްކަތް ކުރާނަމަ، އެމްޑީޕީން އެކަމާ ދެކޮޅަށް ނިކުންނާނެ ކަމެވެ. ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަތުމާއި، ރާއްޖޭގައި ކޮރަޕްޝަން އިންތިހާއަށް ފެތުރެމުންދާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މިހާރުގެ ސަރުކާރުން ހިންގަމުންދާ ވައްކަމާއި ކޮރަޕްޝަނާއި، ޝަރުއީ ދާއިރާގެ މިނިވަންކަމަށް އުނިކަން ގެނައުން ފަދަ ކަންކަމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު އެޅުމަށް އެމްޑީޕީން ނިންމި ނިންމުމެއް ކަމުގައި ގަރާރުގައި ބަޔާންކޮށްފައިވެއެވެ. ސަރުކާރު ބޭނުންވާ ގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު ނުދޭނެކަން ސާފު މެސެޖެއް ސަރުކާރަށް ދިނުން ކަމުގައިވެސް ގަރާރުގައި ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.