ހުޅުމާލެއިން ބަނގުރާ ގެންގުޅުނު ތުހުމަތުގައި ބަންގްލަދޭޝް މީހަކު 10 ދުވަހަށް ބަންދު ކޮށްފި

ހުޅުމާލެއިން ބަނގުރާ ގެންގުޅުނު ތުހުމަތުގައި ބަންގްލަދޭޝް މީހަކު 10 ދުވަހަށް ބަންދު ކޮށްފި

Author
ހުސައިން
31 އޮގަސްޓް 2025 01:18
0

ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ބަންގްލަދޭޝްގެ 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، 10 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެމްޑީ ޖަހަންގިރު ހޮސައިން، ބަންގްލަދޭޝް (35އ) ހައްޔަރުކުރީ މި އޮގަސްޓު މަހުގެ 29 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދަނިކޮށެވެ. ރީތިގަސްމަގުން ސައިކަލެއްގައި ދަތުރުކުރަމުން ދިޔަ އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 9 ފުޅި ފުލުހުންނަށް ފެނިފައިވެއެވެ.

ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގަށް އޭނާ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމިއެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.