ހަރުދަނާ އާއިލާއެއް ބިނާ ކުރެވޭނީ ދީނާ ދުރު ފިކުރުތަކާއި އަމަލުތައް ގޭތެރޭގެ މާހައުލުން ނައްތާލެވިގެން: ޚުޠުބާ

ހަރުދަނާ އާއިލާއެއް ބިނާ ކުރެވޭނީ ދީނާ ދުރު ފިކުރުތަކާއި އަމަލުތައް ގޭތެރޭގެ މާހައުލުން ނައްތާލެވިގެން: ޚުޠުބާ

Author
އައިޝަތު އަޙްމަދު
29 އޮގަސްޓް 2025 02:29
0

ހަދުދަނާ އާއިލާއެއް ބިނާ ކުރެވޭނީ ދީނާ ދުރު ފިކުރުތަކާއި އަމަލުތައް ގޭތެރޭގެ މާހައުލުން ނައްތާލެވިގެން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ރަގަޅު ޢާއިލާއެއް ބިނާކުރުން" މިމައުޟޫއުގެ މައްޗަށް ބިނާކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ދީނާ ދުރު ފިކުރުތަކުގެ ތެރޭގައި ދީނުގައި އަންގަވާފައިވާ މެދުމިނާއި ދުރު ފިކުރުތަކާއި، ދީނަށް އަމަލު ނުކުރުމާއި، ދީނީ ޝިއާރުތަކަށް މަލާމާތްކޮށް ހަޖޫޖެހުމާއި، ދީނުގެ މައްޗަށް ޢީރަތްތެރިކަން ނެތުންފަދަ ކަންކަން ހިމެނޭ ކަމުގައެވެ. އަދި މިކަންކަން އާއިލާގެ ތެރެއިން ނައްތާލާ، އިސްލާމް ދީނަކީ ޢަދުލުވެރި ދީންކަމާއި، މިދީނަކީ ދިރިއުޅުމުގެ ސީދާ މަގުކަން ދަރީންނަށް ވިސްނައިދީ ނަފްސުތަކުގައި މިކަންކަން ހަރުލައްވާން ވާނެކަމުގައިވެސް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މުސްލިމް އަޚުންނޭވެ! ރަގަޅު އާއިލާއެއް ބިނާކުރެވޭނީ ދަރީން ފުރާވަަރަށް އެރުމުން ހުރިހައިކަމެއް ހުއްދަވީކަމަށް ހީކުރާ ހީކުރުންތައް ދޫކޮށްލައިގެންނެވެ. އުޅޭނެހައި ގޮތަކަށް އުޅޭން ދަރީން ދޫކޮށްނުލާ، އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ އިމުން ބޭރުނުވެ، ޙަޔާތުގެ ބައިވެރިޔާ އިޚްތިޔާރު ކުރުމަށް ދަރީންނަށް އިރުޝާދު ދީގެންނެވެ. ރަގަޅު އާއިލާއެއް ބިނާ ކުރެވޭނީ އިސްލާމީ އުސޫލުތަކުގެ މަތީގައި ޢާއިލާގެ އެންމެހާ މެމްބަރުންގެ އަމަލުތައް ބަހައްޓައިގެންނެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ އިސްލާމީ އުއްމަތުގެ ކުރިމަގު އުޖާލާކޮށް އުއްމަތުގެ ޢިއްޒަތާއި ކަރާމާތް އަލުން އަނބުރާ އިޢާދަ ކުރެވޭން އޮތީ މާތްވެގެންވާ އިސްލާމް ދީނުގެ ތަޢުލީމާއި ތަރުބިއްޔަތުގެ ހިޔަލުގައި އާއިލާ ބައްޓަން ކޮށްގެން ކަމުގައެވެ. އެހެންކަމުން ކޮންމެ މަޔަކާިއ ބަފަޔަކު ދަރީން ތަރުބިއްޔަތު ކުރުމުގައި އިސްލާމް ދީން ގެނެސްދީފައިވާ މަންހަޖާއި އެއްގޮތަށް އަމަލު ކުރުމަކީ މިއަދު ކުރާންޖެހިފައިވާ އެންމެ މުހިންމު މަސައްކަތް ކަމުގައި ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.