ވޯލްޑްކަޕުގެ ޗެމްޕިއަނުންނަށް ވީތީ ފޮންޏެއް ނުވަން: ޑިޝޯމްޕްސް

ވޯލްޑްކަޕުގެ ޗެމްޕިއަނުންނަށް ވީތީ ފޮންޏެއް ނުވަން: ޑިޝޯމްޕްސް

Author
އިބްރާހީމް ސާޢިދު
11 އޮކްޓޯބަރ 2020 08:35
0

ވޯލްޑްކަޕުގެ ޗެމްޕިއަނުންނަށް ވީތީ ފޮނިނުވާކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނެފިއެވެ.

މިރޭ ޕޯޗުގަލްއާ ދެކޮޅަށް ނޭޝަންސް ލީގުގައި ނުކުންނައިރު، ހަތަރު އަހަރުކުރިން ފްރާންސް ބަލިކޮށް ޕޯޗުގަލުން ޔޫރޯ ކާމިޔާބުކުރި ހަނދާން ވާކަމަށާއި އަދިވެސް ނުކުންނާނީ އެއްވެސް ބަދަލާކާ ނުލާ އެގޮތަށް ކުޅެންކަމަށް ފްރާންސްގެ ކޯޗު ޑިޑޭ ޑިޝޯމްޕްސް ބުނިއެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ޑިޝޯމްޕް ބުނީ މެޗާ ކުރިމަތިލާއިރު އަދިވެސް ޕޯޗުގަލްއަކީ ފަހުގެ ޗެމްޕިއަނުން ކަމަށާއި އެކަމަށް އެޓީމަށް މަރުހަބާ ކިޔާކަމަށެވެ.

އެންމެ ފަހުގެ ފައިނަލުން އެޓީމު އަތުން ބަލިވުމުން ދެރަނުވާކަމަށާއި އެއީ ފޮނިހަދާން ތަކެއްކަމަށް ޑެޝޯމްޕްސް ބުނިއެވެ. އޭނާ ބުނީ އޭފަހުން ފްރާންސުން ވޯލްޑްކަޕުގެ ތަށި ހޯދައިފި ކަމަށާއި އަނެއްކާވެސް ދެޓީމު ވާދެވެރި ރޫހެއްގައި ކުރިމަތިލާން ޖެހުމަކީ ލިބޭ ހިތް ހަމަޖެހުމެއް ކަމަށެވެ. ޑެޝޯމްޕްސް ބުނީ މިއީ މިވަގުތު ޔޫރަޕާއި ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ދެޓީމުގެ ކުރިމަތިލުން ކަމަށެވެ.

"މީގެ ހަތަރު އަހަކުރިން އެމީހުން ހޯދި ކާމިޔާބަށް މަރުހަބާ ކިޔަން ، އެއީ އަދިވެސް ޔޫރަޕުގެ ޗެމްޕިއަންނުން ، އެކަމަށް ފުރިހަމަޔަށް އިހްތިރާމް ކުރަން"

– ޑިޑިއޭ ޑިޝޯމްޕްސް

މެޗުގެ ކުރިން ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ މެޗަށް ތައްޔާރު ވާއިރުވެސް ފްރާންސްގެ ފަރާތުން ކުރިމަތިވާނެ އުނދަގޫތައް އެނގޭ ކަމަށާއި ދަނޑު މައްޗަށް އަރާނީ ޓީމުގެ ހުރިހާ ހަތިޔާރެއް ބޭނުންކޮށް މެޗު ކާމިޔާބު ކުރަންކަމަށެވެ. ސަންޓޯސް ބުނީ ދަނޑުގެ ކޮންމެ ދިމާލަކުން ވެސް ފްރާންސަށް ވުރެ މޮޅަށް ކުޅެގެން ނޫނީ ސަލާމަތް ނުވާނެ ކަމަށާއި މިއީ ދެޓީމުން ކުރެޓީމަކަށް ފައްސޭހަ މެޗެކަށް ނުވާނެކަމަށެވެ.

"ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މިމެޗު ފައްސޭހައެއް ނުވާނެ، ކުރެވުނު ހުރިހާ ކަމެއް ކޮއްގެން މެޗު ކާމިޔާބުކުރަން ބޭނުން."

– ފެނާންޑޯ ސަންޓޯސް

މި ދެ ޓީމު އެންމެފަހުން ވާދަކުރީ މީގެ ހަތަރު އަހަރު ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައެވެ. އިތުރުވަގުތުގައި އެޑާ ކާމިޔާބުކުރި ލަނޑުން ޕްރާންސް ބަލިކޮށް މުބާރާތް ޕޯޗުގަލުން އުފުލާލިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ
ރެނާޓޯ ސަންޗޭޒް އެއް ނޫން. އެޑަރ ޖެހި ގޯލުން ޕޯޗުގަލް މޮޅުވީ.