މަސްވެރިކަމުގެ ދާއިރާއިން ބޭރުގައި ކިޔެވުމަށް 7 ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފި

މަސްވެރިކަމުގެ ދާއިރާއިން ބޭރުގައި ކިޔެވުމަށް 7 ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
18 އޮގަސްޓް 2025 04:41
0

ފިޝަރީޒް މިނިސްޓްރީން ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް (ޓްރާންސްފޯމް) ޕްރޮޖެކްޓްގެ ދަށުން، މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރުމަށް ސްކޮލާޝިޕް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ. މިއީ ދިވެހި ސަރުކާރާއި ވާލްޑް ބޭންކް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މި ފުރުސަތުގެ ދަށުން ހުޅުވާލާފައިވަނީ މާސްޓާސް ޑިގްރީ ހާސިލުކުރުމަށް 4 ކޯހަކާއި ބެޗްލާސް ޑިގްރީ ހާސިލުކުރުމަށް 3 ކޯހެކެވެ. މީގެ ތެރެއިން ބެޗްލާސް ޑިގްރީ އިން ފިޝަރީޒް ސައިންސް ކޯހަށް ދެ ދަރިވަރުންނަށް ފުރުސަތު ލިބޭނެއެވެ.

މި ސްކޮލާޝިޕްތައް ފުރިހަމަކުރާނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކާއި، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން (އެސްޑަބްލިއުއައިއޯއެފްސީ) ގެ މެމްބަރު ގައުމުތަކާއި، އޯއީސީޑީ ގައުމުތަކުގައެވެ. ސްކޮލާޝިޕްގެ ދަށުން ކޯސް ފީގެ އިތުރުން ދިރިއުޅުމުގެ ޚަރަދާއި އެހެނިހެން އެލަވަންސްތައް ވެސް ލިބޭނެއެވެ.

މަސްވެރިކަން ފަދަ މުހިންމު ސިނާއަތެއްގައި ތަޖުރިބާކާރު ފަންނީ މީހުން އުފެއްދުމަށް މިފަދަ ފުރުސަތުތަކަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްސަގޮތެއްގައި ރާއްޖޭގެ އިގްތިސާދަށް މަސްވެރިކަމުން ލިބޭ އާމްދަނީގެ މިންވަރަށް ބަލާއިރު، މި ދާއިރާގައި ތައުލީމީ ފެންވަރު މަތިކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

މި ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާތީ، ޝައުގުވެރިވާ ފަރާތްތަކުން އަވަހަށް އެޕްލިކޭޝަން ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީން ދަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.