ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30,000 ޑޮލަރު ގެއްލިގެން ތަހުގީގެއް ފަށައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30,000 ޑޮލަރު ގެއްލިގެން ތަހުގީގެއް ފަށައިފި

Author
ހުސައިން
14 އޮގަސްޓް 2025 10:56
0

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30,000 އެމެރިކާ ޑޮލަރު ގެއްލިފައިވާ ކަން ފާހަގަކުރެވިގެން، ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ. މި ފައިސާ އަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ފުލުހަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހިފަހައްޓައިފައި ހުރި ފައިސާ އެވެ.

ފުލުހުން ބުނި ގޮތުގައި، މި ފައިސާ ގެއްލިފައިވާ ކަން ފާހަގަކުރެވުނީ އިއްޔެ އެވެ. އެ ކަން ފާހަގަކުރެވުނު ވަގުތުން ފެށިގެން ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ވަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން ފަށާފަ އެވެ.

މީގެ އިތުރުން، ހިފަހައްޓައިފައި ހުރި ފައިސާގެ ތެރެއިން ބައެއް ހަލާކުވެފައިވާ ކަން ވެސް ފާހަގަކުރެވިފައިވާ ކަމަށާއި، އެ ފައިސާތައް ފޮރެންސިކް ޓެސްޓުތަކުގެ ޒަރީއާއިން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް މި މައްސަލައިގައި އިތުރު ތަފުސީލެއް އަދި ފުލުހުން ހާމަކޮށްފައި ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.