ސުންނަތް ޖަމާއަތުގެ އަގީދާއިން ފައި ކައްސާލައިފިނަމަ ބައިބައި ވުމާއި، ތަޅާފޮޅުމާއި ފިތުނަ އުފެދޭނެ: ޚުޠުބާ

ސުންނަތް ޖަމާއަތުގެ އަގީދާއިން ފައި ކައްސާލައިފިނަމަ ބައިބައި ވުމާއި، ތަޅާފޮޅުމާއި ފިތުނަ އުފެދޭނެ: ޚުޠުބާ

Author
ޙަސަން މުޙައްމަދު
08 އޮގަސްޓް 2025 01:11
0

ވަޠަނެއްގެ ގޮތުގައި ރާއްޖެ އެއްބައިވަންތަކޮށް އެކައްޗެއްގެ ގޮތުގައި ހިފަހައްޓާދިން ވަރުގަދަ އަގީދާއަކީ ސުންނަތް ޖަމާއަތުގެ އަގީދާ ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"ސަހާބީންނާއި އަހުލުބައިތުންނަށް ލޯބިކުރުމާއި އެބޭކަލުންގެ މަގާމް" މި މައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ ސުންނަތް ޖަމާއަތުގެ އަގީދާއާއި ޚިލާފްވާނީ ބާތިލް ފިކުރުތަކުގެ އަހުލުވެރީން ކަމުގައެވެ. އަދި މި މަތިވެރި އަގީދާގެ މަތީގައި އެންމެހާ ދިވެހިންވެސް ފައިތިލަ ސާބިތުކޮށްގެން ތިބެން ޖެހޭނެކަމުގައިެވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

އަހަރެމެން ވަޠަނެއްގެ ގޮތުގައި އެއްބައިވަންތަކޮށް، އެކައްޗެއްގެ ގޮތުގައި ހިފަހައްޓައިދިން ވަރުގަދަ އަގީދާއަކީ މިއެވެ. މި އަގީދާއިން އަހަރެމެން ފައި ކައްސާލައިފިނަމަ އަހަރެމެންގެ ތެރޭގައި ބައިބައި ވުމާއި، ތަޅާފޮޅުމާއި ފިތުނަ އުފެދޭނެއެވެ. އަހަރެމެން ބައިބައިކުރާން ނިކުންނަ އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުމަށް ހުރިހައި މުސްލިމުންނަށް ވަސިސްޔަތް ކުރަމެވެ!

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ އަސްހާބު ބޭކަލުންނަކީ އެންމެ މާތް، އަދި އެންމެ ރަނގަޅަށް ދީން ފަހުމުވެވަޑައިގަތް ބޭކަލުން ކަމުގައެވެ.

އިސްލާމްދީން އަހަރެމެންނާއި ހިސާބަށް ފޯރުކޮށްދެއްވި ބޭކަމުންނެވެ. އެ ބޭކަލުންނަށް ބަދުބަސް ބުނުން، އެމީހެއްގެ އަގީދާ ފާސިދުކަމުހެ ދަލީލަކަށް ފުދެއެވެ. އެފަދަ މީހުން ބޭނުންވަނީ އެ ބޭކަލުންގެ މައްޗަށް އަހަރެމެންގެ ހިތް ނުބައި ކުރުވާ އަހަރެމެން ދީނާ ދުރުކުރުވުމަށެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި ވިދާޅުވެފައިވަނީ ނަބިއްޔާގެ ސަހާބީންނާއި އެކަލޭގެފާނުގެ އަހުލުބައިތުންނަކީ ހުރިހާ މުސްލިމުންވެސް މަތިވެރިކުރާންޖެހޭނޭ ބައެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.