އެމްޑީޕީގެ ކޮންގްރެސް އަންނަ އަހަރުގެ މެދަށް ފަސްކޮށްފި؛ ރައީސާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލަނީ

އެމްޑީޕީގެ ކޮންގްރެސް އަންނަ އަހަރުގެ މެދަށް ފަސްކޮށްފި؛ ރައީސާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލަނީ

Author
ހުސައިން
07 އޮގަސްޓް 2025 09:55
0

އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިމަހު ބާއްވަން ހަމަޖެހިފައިވާ ކޮންގްރެސް އަންނަ އަހަރުގެ މެދަށް ފަސްކޮށްފިއެވެ. މިމަހުގެ 15 ގެ ކުރިން ބާއްވަން ހަމަޖެހިފައިވާ މި ކޮންގްރެސް ފަސްކުރަން ނިންމީ ރޭ ބޭއްވުނު އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުންނެވެ.

މި ކޮންގްރެސްގައި އެމްޑީޕީގެ އަސާސީ ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ޕާޓީގެ ރައީސްކަމާއި ޗެއާޕާސަންކަމުގެ މަގާމު އެއްކޮށްލުމެވެ.

ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި، އަސާސީ ގަވާއިދަށް އިސްލާހު ގެނައުމުގެ ރޯޑުމެޕެއް މިހާރު ވަނީ އެކުލަވާލައި ނިމިފައެވެ. ރައީސްކަމާއި ޗެއާޕާސަންކަމުގެ މަގާމު އެއްކޮށްލުމުގެ އިތުރުން، ޕާޓީ ހިންގުމާ ގުޅޭ އެހެނިހެން މުހިންމު އިސްލާހުތަކެއްވެސް ގެންނަން ނިންމާފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޗެއާޕާސަންގެ މަގާމާއި ރައީސްގެ މަގާމު އެއްކޮށްލުމަކީ ޕާޓީގެ ބައެއް މެންބަރުންނަށް ފަސޭހައިން ގަބޫލުކުރެވޭނެ ކަމަކަށް ނުވެދާނެކަމަށް ފައްޔާޒު އިޢުތިރާފުވެއެވެ. ނަމަވެސް އެއީ ޕާޓީގެ ކުރިމަގަށް ވަރަށް މުހިންމު ބަދަލެއްކަމުގައި އޭނާ ދެކޭކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.