އެމްއެންޔޫގެ ދެވަނަ ޓާމް ކޯސްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާ ނިމޭނެ

އެމްއެންޔޫގެ ދެވަނަ ޓާމް ކޯސްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާ ނިމޭނެ

Author
ހުސައިން
04 އޮގަސްޓް 2025 09:37
0

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ މި އަހަރުގެ ދެވަނަ ޓާމްގެ ކޯސްތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ފުރުސަތަކީ މާދަމާ މެންދުރު ފަހު 2 ކަމަށް އެ ޔުނިވަސިޓީން ހާމަކޮށްފިއެވެ.

އެމްއެންޔޫން ބުނި ގޮތުގައި، މި މަހު ފަށާ ކޯސްތަކަށް ދަރިވަރުން ބޭނުންވާތީ، އަދިވެސް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކުން އަވަހަށް ފޯމު ހުށަހެޅުމަށް އެ ޔުނިވަސިޓީން ގޮވާލައިފި އެވެ. މިހާރު 150އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، ޖާގަ ހުރި ކޯސްތަކުގެ ލިސްޓް އެ ޔުނިވަސިޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ކަމަށް އެމްއެންޔޫން ވިދާޅުވި އެވެ.

ކޯސްތަކަށް ކުރިމަތިލަން ބޭނުންވާ ފަރާތްތަކުން އެމްއެންޔޫގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅިދާނެ އެވެ. އަދި ޖާގަ ހުރި ކޯސްތަކުގެ ލިސްޓަށް ބަދަލު އަންނަ ކޮންމެ ފަހަރަކު އެ މައުލޫމާތު އެ ޔުނިވަސިޓީގެ ވެބްސައިޓުގައި އަޕްޑޭޓް ކުރަމުން ގެންދާނެ ކަމަށް އެމްއެންޔޫން ބުންޏެވެ.

އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެވިދާނެ އެވެ. ނުވަތަ 3345155 ނަންބަރަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެމްއެންޔޫން އަންގައިފި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.