ގދ.އަތޮޅު މަދަރުސާގެ އޮފީސް އިމާރާތް ކުރުމަށް ބަޔަކާއި މިއަދު ހަވާލު ކޮށްފިއެވެ.
ގައްދޫ ސްކޫލުގެ އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑީވްސް ޕްރައިވެޓް ލިމިޓެޑާއިއެވެ. އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒް އެވެ. އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަމީން މުހައްމަދު އެވެ.
ގައްދޫ ސްކޫލުގެ އޮފީސް އިމާރާތަކީ4،780،079.77 (ހަތަރު މިލިއަން ހަތްލައްކަ ފަންސާސް އަށް ހާސް ހަތްދިހަ ނުވަ ރުފިޔާ ހަތްދިހަ ލާރި) އަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މިއީ PSIP 2020 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށެވެ. އަދި އުންމީދު ކުރަނީ މި މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރުމަހަށް މަސައްކަތް ނިންމުންކަމުގައެވެ.
ކޮމެންޓު ފޮނުވާ