ޤުރުއާން ހިތުން ދަސްކުރުމަކީ އެހެނިހެން ޢިލްމު ހާސިލްކުރުމަށް ފަސޭހަވާނެ ކަމެއް: ޚުޠުބާ

ޤުރުއާން ހިތުން ދަސްކުރުމަކީ އެހެނިހެން ޢިލްމު ހާސިލްކުރުމަށް ފަސޭހަވާނެ ކަމެއް: ޚުޠުބާ

Author
ހުސައިން
01 އޮގަސްޓް 2025 01:08
0

ޤުރުއާން ހިތުން ދަސްކުރުމަކީ އެހެނިހެން ޢިލްމު ހާސިލްކުރުމަށް ފަސޭހަވާނެ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ކީރިތި ޤުރުއާން ހިތުން ދަސްކުރުމުގެ މާތްކަން" މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ އުއްމަތުގެ ސަލަފުން އެބޭކަލުންގެ ދުވަސްވަރުގައި ހަދީސް ޢިލްމު އުގަންނައި ދެއްވުމުގައި އެ ބޭކަލުންގެ ދަރިވަރުން ކީތިރި ޤުރުއާން ހިތުން ދަސްކުރުން ލާޒިމް ކުރެއްވި ކަމުގައެވެ.

އަލްއިމާމު އައްނަބަވީ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. "ސަލަފުންގެ ޒަމާނުގައި ކީރިތި ޤުރުއާން ހިތުދަސް ދަރިވަރަކަށް ނޫނިއްޔާ ހަދީސް ޢިލްމާއި ފިޤުހު ޢިލްމު އެބޭކަލުން އުގަންނަވައެއް ނުދެއްވައެވެ."

ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ދުނިޔެވީ ޙަޔާތާއި އުޚުރަވީ ޙަޔާތުގައިވެސް އޭގެ ފައިދާ އޭނައަށް ލިބޭނެކަމެއް ކަމަށެވެ. އެގޮތުން ދުނިޔެވީ ހަޔާތުގައި ލިބޭނެ ފައިދާއަކީ ކޮބައިކަން ބަޔާން ކުރައްވާ ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވާކަމަށް ޚުޠުބާގައި ވިދާޅުވެފައިވަނީ މިފަދައިންނެވެ.

ބަޔަކަށް އިމާމުވެ ނަމާދު ކޮށްދޭހުށީ، އެބައި މީހުންގެ ތެރެއިން ﷲގެ ފޮތް އެންމެ ރަނގަޅަށް ކިޔަވާން ދަންނަ މީހާއެވެ."

ޚުޠުބާގައި ވިދާޅުވެފައިވަނީ ކީރިތި ޤުރުއާން ހިތުދަސް ކުރުމުގައި ތިމާގެ ހިތުގެ އިޚްލާސްތެރިކަމާއި އުޚުރަވީ ޙާޔާތުގައި ﷲގެ ހަޒުރަތުން ލިބޭންހުރި ނިޢުމަތްތައް ހަނދާންކުރާންޖެހޭ ކަމުގައެވެ. އަދި ޤުރުާން ދަސްކުރުމަށްފަހު ނުވަތަ ޤުރުއާންގެ މިންވަރެއް ދަސްކުރުމަށްފަހު ގަވާއިދުން މުރާޖަޢާކޮށް ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރާންޖެހޭ ކަމެއްކަމުގައިވެސް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.