ރާއްޖޭގެ ދެކުނަށް މޫސުނަށް ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުނަށް ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

Author
ހުސެއިން
28 ޖުލައި 2025 09:33
0

ރާއްޖޭގެ ދެކުނަށް މޫސުނަށް ގޯސްވެ ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިރޭ ފަތިހު 04:30 އާއި ހަމައަށެވެ.

އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

ދެކުނަށް މޫސުން ގޯސްވެފައިވަނީ އެސަރަހައްދުން ދަތުރުކުރަމުންދާ ކޮޅިގަނޑަކާއި ގުޅިގެންކަން މެޓް އޮފީހުން މިރޭ ހާމަކުރި މޫސުމީ ފޯކާސްޓު ފޮޓޯތަކުން ވަނީ ހާމަވެފައި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.