މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި އަސްކަރީ ޕެރޭޑް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި އަސްކަރީ ޕެރޭޑް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

Author
ހުސައިން
26 ޖުލައި 2025 10:49
0

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ، މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އަސްކަރީ ޙަރަކާތްތައް ހިމެނޭ ޕެރޭޑް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފިއެވެ. މިއަދުގެ ޕެރޭޑްގައި ޤައުމިއްޔަތާއި ދިވެހި ސަގާފަތް ދައްކުވައިދޭ ގިނަ ސަގާފީ ކުޅިވަރުތައްވެސް ފެނިގެންދިޔައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕެރޭޑް ބައްލަވާލެއްވުމަށް، ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ، މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން އާއި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމްއެވެ.

މިއަދުގެ ޕެރޭޑްގައި އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީގެ އިތުރުން ބޭރު ޤައުމުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އަސްކަރީ ޕެރޭޑް ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ކުރީގެ ރައީސުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލިހުގެ ރައީސް، ވަޒީރުން، އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ގިނަ ބަޔަކުވެސް ބައިވެރިވެރިވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.