ހުޅުމާލޭގެ 4000 ހައުސިން ޔުނިޓް ސަރުކާރާ ހަވާލު ކޮށްފި

ހުޅުމާލޭގެ 4000 ހައުސިން ޔުނިޓް ސަރުކާރާ ހަވާލު ކޮށްފި

Author
ހުސައިން
25 ޖުލައި 2025 08:27
0

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4000 ހައުސިން ޔުނިޓް މިއަދު ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލު ކޮށްފިއެވެ. އިންޑިއާ ސަރުކާރުގެ ލޯނު އެހީގައި ތަރައްޤީކުރެވުނު މި ޔުނިޓްތައް ހަވާލުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

ރަސްމީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ޔުނިޓްތަކާ ހަވާލުވެލެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި "ރަމްޒީ ތަޅުދަނޑި" ހަވާލުކުރެއްވުމުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމުގެ ނިޝާނެއްގެ ގޮތުގައި މި މަޝްރޫޢު ފާހަގަކުރެވުނެވެ.

ސަރުކާރުން ވަނީ މި ޔުނިޓްތައް ލިބޭނެ ފަރާތްތައް ކަނޑައަޅައި، އެއްބަސްވުންތައް ހަދަން ފަށާފައެވެ. ސަރުކާރުގެ ވިސްނުމަކީ ސެޕްޓެންބަރު މަހުގެ ނިޔަލަށް ހުރިހާ ޔުނިޓްތަކުގެ މަސައްކަތް ފުރިހަމަކޮށް، މި މަހުގެ ތެރޭގައި ބައެއް ޔުނިޓްތަކުގައި އާއިލާތައް ދިރިއުޅެން ފެށުމެވެ.

ގެދޮރުވެރިޔާ ސްކީމަކީ ރާއްޖޭގެ ހައުސިންގ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ހާސްތަކުން ގިނަ އާއިލާތަކަށް ގެދޮރުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.